މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ސަރަހައްދާ ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން ކަނޑުވެ، އަނިޔާވި ބިދޭސީ މީހާ މަރުވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ކޮޅުވެއްޓި ބަންޑު ޖަހާލައިގެން އުޅޭ ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"މިހާތަނަށް ޖުމްލަ ހަ މީހަކު އައިޖީއެޗް އަށް ގެންދިވިފައިވޭ. އެ މީހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހިން" އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުނ ދެންމެ ބުނީ ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އެ ހުރިހާ މީހުންވެސް ފެނިފައިވާ ކަމަށެވެ،
"އަނިޔާވި މީހުންގެ ތެރެއިން އެއް ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ" ފުލުހުން ބުންޏެވެ.
އެފަހުން ފުލުހުން އެ ހާދިސާގައި ބިދޭސީ މިހާކު މަރުވެފައިވާ ކަމަށެވެ.
ކޮޅުވެއްޓި ބަންޑު ޖަހާލި ދެ ހާދިސާއެއް މިފަހުން ހިނގާފައިވާއިރު ދެ ހާދިސާގައި ތިން މީހަކު ވަނީ މަރުވެފަ އެވެ






