ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރި 14 މީހުން ފެނިއްޖެ، އެކަކުގެ ހާލު ސީރިއަސް

ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރި 14 މީހުން ފެނިއްޖެ، އެކަކުގެ ހާލު ސީރިއަސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ސަރަހައްދާ ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރަމުން ދިޔަ 14 މީހުން ފެނިފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކޮޅުވެއްޓި ބަންޑު ޖަހާލައިގެން އުޅޭ ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މިހާތަނަށް ޖުމްލަ ހަ މީހަކު އައިޖީއެޗް އަށް ގެންދިވިފައިވޭ. އެ މީހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހިން" އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުނ ދެންމެ ބުނީ ކޮޅުވެއްޓީގައި ތިބީ ޖުމްލަ 14 މީހުން ކަމަށާއި އެ ހުރިހާ މީހުންވެސް ފެނިފައިވާ ކަމަށެވެ،
"އަނިޔާވި މީހުންގެ ތެރެއިން އެއް ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ" ފުލުހުން ބުންޏެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓީގެ އެތެރޭގައިވެސް މީހަކު ހުރިކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮޅުވެއްޓި ބަންޑު ޖަހާލި ދެ ހާދިސާއެއް މިފަހުން ހިނގާފައިވާއިރު ދެ ހާދިސާގައި ތިން މީހަކު ވަނީ މަރުވެފަ އެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *