އެމްޕީއެލް ކައިރިން ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސްފި

އެމްޕީއެލް ކައިރިން ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަނދަރު ސަރަހައްދާ ކައިރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރަމުން ދިޔަ ހަ މީހަކު ހޯދައި ހޮސްޕިޓަަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކޮޅުވެއްޓި ބަންޑު ޖަހާލައިގެން އުޅޭ ސަރަހައްދުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މިހާތަނަށް ޖުމްލަ ހަ މީހަކު އައިޖީއެޗް އަށް ގެންދިވިފައިވޭ. އެ މީހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނާއި ހަތަރު ދިވެހިން" އެމްއެންޑީއެފުން ބުންޏެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓީގެ އެތެރޭގައިވެސް މީހަކު ހުރިކަމުގެ މައުލޫމާތު ލިބިފައިވާތީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮޅުވެއްޓި ބަންޑު ޖަހާލި ދެ ހާދިސާއެއް މިފަހުން ހިނގާފައިވާއިރު ދެ ހާދިސާގައި ތިން މީހަކު ވަނީ މަރުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *