އަދާވަތްތެރިންނާއި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނެގޭ ގޮތަށް ގާނޫނޫ އިސްލާހުކުރަނީ

އަދާވަތްތެރިންނާއި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ނެގޭ ގޮތަށް ގާނޫނޫ އިސްލާހުކުރަނީ

ދައުވާ ރައްދުވާ ފަރާތާ އަދާވާތްތެރިކަމެއް އޮންނަ އަދި މަސްލަހަތު ފުށުއަރާ މީހުންގެ ހެކިބަސް ޝަރީއަތަށް ނެގޭ ގޮތަށް ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަސްލަމް އެވެ. ޖުމްލަ 71 ސަފްހާގެ މި ބިލުގައި ގާނޫނުގައި ހުރި ބައެއް މާއްދާތައް އުވާލުމަށް ހިމަނާފައިވެ އެވެ.

އެގޮތުން ގާނޫނުގެ 51 ވަނަ މާއްދާ އުވާލުމަށް އިސްލާހުގައި ހިމަނައިފައިވެ އެވެ. އެ މާއްދާގައިވާ ގޮތުން ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ހަސްމަކާ ފުށުއަރާ މަސްލަހަތެއް އޮތް ނުވަތަ މައްސަލައިގެ ހަސްމަކާ އަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާ ނަމަ އެ މައްސަލައެއްގައި އެ މީހެއްގެ ހެކިބަސް ނުނެގޭނެ އެވެ.

ނަމަވެސް އެ މާއްދާ އުވާލުމާ އެކު، މަސްލަހަތު ފުށުއަރާ މީހުންނާއި އަދާވަތްތެރިންގެ ހެކި ބަސް ވެސް ޝަރީއަތަށް ބަލައިގަތުމުގެ ފުރުސަތު އޮންނާނެ އެވެ.

ނަމަވެސް، އެކަމުގެ އުސޫލުތަކެއް ގާނޫނުގައި ހިމަނައިފައެއް ނެތެވެ.

އިސްލާހުގައި އުވާލަން ކަނޑައަޅާފައިވާ އަނެއް މާއްދާއަކީ 75 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ އެހެން މީހެއްގެ ހައްގަކާ ބެހޭ ގޮތުން މަރު ބަލީގައިވާ މީހަކު ވާ އިގްރާރަކީ، ސައްހަ އިގްރާރެއް ކަމުގައި ބެލޭނެ ކަމަށެވެ.

މި މާއްދާ އުވާލުމުން އޭގެ ނަތީޖާއަކަށް ވާނީ މަރު ބަލީގައި މީހުންވާ އިގުރާރު ޝަރީއަތުން ބަލައިނުގަތުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *