ގެއަކަށްވަދެ ތިޖޫރީއެއް ވަގަށްނެގި މީހަކު ޖަލަށް ލާން ހުކުމެއް

ގެއަކަށްވަދެ ތިޖޫރީއެއް ވަގަށްނެގި މީހަކު ޖަލަށް ލާން ހުކުމެއް

ފެންލައިޓުން މއ. ޒެނާނާގެ އަށްވަދެ އެ ގޭގައި މުދަލާއެކު ހުރި ތިޖޫރީއެއް ވަގަށްނެގި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކުރީ މއ. ހިންނަވަރުހުޅަނގުބައި އަނަސް މުހައްމަދުގެ މައްޗަށެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކޮށްފައިވެއެވެ. އެއީ ތިޖޫރި ނެގުމުން ކުރި ވައްކަމުގެ ދައުވާ އާއި ތިޖޫރި ވަގަށްނަގަން އެގެއަށް ވަނުމަށް ޓަކައި އެގެއަށް ގެއްލުން ދިން މައްސަލައިގައި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އާއި، ވެރި ފަރާތުގެ ހުއްދަނެތި އެގެއަށް ވަގަށް ވަދެފައިވާތީ ކުރި އެނގިހުރެ ހުދަނޫން ތަނަކަށްވަނުމުގެ ކުށުގެ ދައުވާއެވެ.

ވައްކަމުގެ ދައުވާ ކޮށްފައި ވަނީ ޒެނާނާގޭގެ ދެވެނަ ފަންގިފިލާގެ ކޮޓަރިއެެއްގައި ބަހައްޓާފައިހުރި ތިޖޫރީއެއް، އެ ތިޖޫރީގައިހުރި މުދަލާއެކު ވަގައް ނަގައިގެންނެވެ.

އެ ތިޖޫރީގައި ހުރި މުދާ:

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދިރުހަމް 2،800 އިންޑޮނޭޝިއާ ރުފިޔާ 110،064ސްރީލަންކާ ރުޕީސް 2،910އެކި ވައްތަރުގެ ޖަވާހިރު 8 މެލޭޝިޔާ ރިންގިޓް 119 އެ އެގޭގެ ރަޖިސްތްރީތައި ބާތު 10،740 ރިހި ފައްޓަރުބަޔެއްރިހި  އަނގޮޓި 3ރަން އަނގޮޓި 8ރިހި މެލަކައިޓް 5ރަން ކެވެލި 23ރިހި ފަށުފޫ 2ރިހި ކެވެލި 2ރަންފަށް 15އެހެންކަމުން ވައްކަމުގެ ކުށުގައި ދެއަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ތިޖޫރި ވަގަށް ނެގުމަށް އެ ގެއަށް ވަތްގޮތް ކިޔައިދެމުން އަނަސް ބުނެފައިވަީ އެގޭގެ ވެރިފަރާތް ކަމަށްވާ ޖައުފަރު، ގޭގައި ނެތްކަން އެނގުމުން، ދަންވަރު ގަޑީގައި އެގޭދޮށަށްގޮސް ކަށިގަނޑަކުން ފެންލައިޓް ހަލާކު ދަންވަރު ގަޑިއެއްގައި އެ ގެއަށްގޮސް ފެންލައިޓު ހަލާކު ކޮށްލައިގެން އެ ގެއަށްވަދެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓްގެ ދޮރުގެ މަތީގައިހުރި ފެންލައިޓްވެސް ހަލާކުކޮށްލައިގެން އެތަނަށްވަދެ އެ އެޕާޓްމަންޓްގައިހުރި ތިޖޫރި ހުރި ކޮޓަރީގެ ފެންލައިޓްވެސް ހަލާކު ކޮށްލައިގެން ކޮޓަރިއައް ވަނުމަށްފަހު، ދޮރުގެ ދަޅު ޖަލާކު ކޮށްލައިގެން ތިޖޫރީ ހިފައިގެން ނުކުތީ ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

އޭގެ އިތުރުން ގޭގެ ވެރި ފަރާތުގެ ހުއްދސަނެތި އޭނާ އެ ގެއަށް ވަނުމުން، އެނގިހުރެ ހުދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ތިން މަހާއި 18 ދުވަަށް ޖަލަށްލުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *