އިމްރާން، ރައީސަށް: ބޭރު މީހުނަށް ބިންތައް ބަހާލަން ދޫކޮށެއް ނުލެވޭނެ، ދިވެހިންނަކީ ގަމާރުންނެއްނޫން: އިމްރާން

އިމްރާން، ރައީސަށް: ބޭރު މީހުނަށް ބިންތައް ބަހާލަން ދޫކޮށެއް ނުލެވޭނެ، ދިވެހިންނަކީ ގަމާރުންނެއްނޫން: އިމްރާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ފައިދާއަށް މިޤައުމުގެ ބިންތައް ބޭރު މީހުނަށް ބަހާލަން ރާވަމުންދާ ކަމަށާއި، ނަމަވެސް އެކަމަށް ދިވެހިން ފުރުސަތު ނުދޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި އިމްރާން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިން ރައީސް މުއިއްޒަށް އެ ފުރުސަތު ދީފާނެ ކަމަކަށް ހީފުޅުކުރެއްވުމަކީވެސް ބޮޑު ގޯހެއް ކަމަށެވެ.

"ބޭނުންފުޅު ކޮންމެ ރަށެއް، ފަޅެއް ފިނޮޅެއް އެއީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި، ބޮޑެތި ކުށްތަކުގައި ހިމެނޭ ބޭރުގެ މާފިޔާ ތަކުން ބިލިއަނުން ފައިސާ ނަގައި އަމިއްލަ ޖީބު ފުރާލާއިރު ވާނުވާ ނޭންގޭ ވަރަށް ދިވެހިން ގާމާރު ކަމަށް ހީފުޅު ނުކުރައްވާ." އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުފަޅާއި، ޖައްވުގައި ޖެހޭވަޔަކީވެސް މާތް اللهގެ ރަޙްމަތުން ހުރިހާ ދިވެހިންނަށް ދެއްވި ދިވެހިންގެ މިލްކެއް ކަމަށެވެ. އަދި

"މި ނިޢުމަތް ދިވެހިންގެ ކިބައިން ފޭރިގަންނަން އުޅޭ ބޭރުގެ ޢަދާވާތްތެރިންނާއި އެތެރޭގެ ޣައްދާރު ޚާއިނުން މާތް الله ނިކަމެތިކުރައްވާ ބަލިކުރައްވާށި!" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، މީގެ ކުރިންވެސް އެފަދަ ފަރާތްތަކުގެ ކިބައިން މި ޤައުމު ސަލާމަތް ކުރަން ދިވެހިން ނިކުތް ފަދައިން މިއަދުވެސް އެ ތާރީޚު އިޔާދަވާނެ ކަމަށެވެ.

އިމްރާން ވިދާޅުވީ، ރައީސް މުއިއްޒަކީ ފައިސާ އާއި ޖެހުމުން ހަމައެއް ލަމައެއް ނުހުންނަ ބޭފުޅެއް ކަމަށެވެ.

"ސްޕެޝަލް އިކޮނިމިކް ޒޯންގެ ޤާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައި އެއޮތް ބިލުން އެކަނިވެސް ހާމަވަނީ ފައިސާ އާ ޖެހުނީމަ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގައި ދީނާއި ގައުމާމެދު އެއްވެސް ޙުރުމަތެއް ނެތްކަން. އަދި ކުރިން ހީކުރެވުނު ގޮތާ ޚިލާފަށް އެމަނިކުފާނުގެ ކިބައިގައި އެއްވެސް ހަމައެއް ލަމައެއް މިފަދަ ކަންކަމުގައި ނެތްކަން." އިމްރާން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *