ފައިސާ ފޮއްޗެއް މިސްކިތުން ފެނުނަސް ޔާމީން ވަގަށް ނަގާނެ: ފަލާހު

ފައިސާ ފޮއްޗެއް މިސްކިތުން ފެނުނަސް ޔާމީން ވަގަށް ނަގާނެ: ފަލާހު

ރައްޔިތުން މަޖިލީހުގެ އިނގުރައީދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ބެހޭގޮތުން ވަރަށް ހޫނު ބަސްފުޅެއް ވިދާޅުވެއްޖެއެވެ.

ފަލާހު ވިދާޅުވީ ފައިސާ ފޮއްޗެއް މިސްކިތުން ފެނުނަސް ޔާމީން އެ އެތި ވަގަށް ނަގާނެ ކަމަށެވެ.

ފަލާހު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތަށް ހާޒިރުނުވެ، ޔާމީން މިއަދު ހއ. ދިއްދޫއަށް ވަޑައިގަތުމާއި ގުޅިގެންނެވެ.

ކުރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރި މުއާމަލާތާ ގުޅޭ ދައުވާގެ އަޑުއެހުން ތާވާލުކުރީ މިއަދު މެންދުރުފަހު 2:30 އަށެވެ. ނަމަވެސް ރައީސް ޔާމީން އެ އަޑުއެހުމަށް ހާޒިރުވެވަޑައިނުގަންނަވައި، ދިއްދޫއަށް ފުރާވަޑައިގަތުމަށް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

ފަލާހުގެ މި ވާހަކަތަކައް ސަމާލުކަން ދެވިފައިވަނީ އޭނާ މީގެ ކުރިން ޔާމީންގެ އެންމެ ވަރުގަދަ ދިފާޢުކުރާ އެއް ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާތީއެވެ.

ޔާމީންގެ ވެރިކަމުގައި ފަލާހުއަކީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފުކޮށް، މަޖިލިސް ތެރެއިންނާއި ސިޔާސީ ކެމްޕޭނުތަކުގައި އެމަނިކުފާނުގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ނަމަވެސް ޔާމީން ޕީޕީއެމުން ވަކިވެ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފާޑު ވިދާޅުވާން ފެއްޓެވުމާ އެކު، ފަލާހު ގެންދަވަނީ ސޯޝަލް މީޑިއާގައި ރައީސް ޔާމީނަކީ "ވަގަށް" ކަމަށް ވިދާޅުވެ ތޫނު ބަސްފުޅުތައް ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *