ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ތެރެއިން ރައީސް ޑރ. މުހައްމދު މުއިއްޒާއެކު ފުޓްބޯޅެ މެޗެއް ކުޅޭ ގޮތެއް ހަމަޖައްސައިފި އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމުން)ން މިއަދު ބުނީ އިންފަންޓީނޯ މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުގައި ރައީސް ޑރ. މުއިއްޒުއާ ބައްދަލު ކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން އެފްއޭއެމުން ބުނީ މި ދަތުރުގައި ފީފާގެ ރައީސް އިންފަންޓީނޯގެ ޝަރަފުގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ އެ މެޗު ބެލުމަށް ވީހާވެސް ގިނަ ބަޔަކު ސްޓޭޑިއަމަށް އައުމަށް އެދޭ ކަމަށް އެފްއޭއެމުން ބުންޏެވެ.