އެއިރަކު އެ ގައުމެއްގައި އޮންނަ ސަރުކާރުގެ ޒިންމާ އާއި ވާޖިބަކީ، ގައުމުގެ އިގްތިސޯދު ހަރުދަނާކޮށް ގައުމު ބިނާ ކުރުން ކަމުގައި ވިޔަފާރިވެރިޔާ، އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އިގްތިސޯދީ ކަންކަމަށް ވަރަށްގިނައިން އަލިއަޅުވާލައްވައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދަވާ ފިރާގު ވިދާޅުވީ، ޤައުމެއް ކުރިއަށް ދިއުމަށް މަގު ދައްކައިދެނީ އެޤައުމެއްގެ ސަރުކާރުގެ ތަސައްވުރުން ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތަސައްވުރާމެދު ހުރިހާ މީހުންނަށް އެއްބަސްވެވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ، ވެރިކަމުގައި އޮންނަ ކޮންމެ ސަރުކާރެއްގެ ޒިންމާ އާއި ވާޖިބަކީ ޤައުމުގެ އިޤްތިޞާދު ހަރުދަނާކޮށް ޤައުމު ބިނާކުރުމާއި، އުފެއްދުން ތެރި މަސައްކަތް ތަކަށް އެއްބާރުލުން ދިނުން ކަމަށެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގައި ސަރުކާރަކުން ރައްޔިތުންނަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނީ، ރަނގަޅު މުސްތަޤްބަލަކަށް އެބުރިގޮސް ޤައުމު އަލުން އާރާސްތުކޮށް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށެވެ." ފިރާގު ވިދާޅުވިއެވެ.