މީޑިއާ ކޮމިޝަނަށް ފަރުސަތު، ސަފާ އަދި ސަރާހަތު އައްޔަން ކުރަން ފާސްކޮށްފި

މީޑިއާ ކޮމިޝަނަށް ފަރުސަތު، ސަފާ އަދި ސަރާހަތު އައްޔަން ކުރަން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމުގެ މަގާމަށް ފަރުސަތާއި ސަފާ އާއި ސަހާރަތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލެއްވިއެވެ.

އޭގެތެރޭގައި ހިމެނެނީ:

ފާތިމަތު ފަހުމީ، ސީނަރީ، ގދ. މަޑަވެލި

މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް

ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ

އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި

އިބްރާހިމް މުހައްމަދު، ގ. ވިންޑް

މޫސާ ރިލްވާން، މ. ހާވިލާ

މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން

ޝެހެނާޒް އަދްނާން، ދރ. ރސ. 80580

މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ

ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ

ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހޯމަދުވަހު މި ބޭފުޅުންނާ އިންޓަވިއު ކުރީރު، އެބޭފުޅުންގެ ތެެރެއިން ޝަފީގާ ނައީމާއި ފާރިސް ތޯހާގެ ނަން ވަނީ އަނބުރާ ގެންދަވައިފައެވެ. ދެން ތިއްބެވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، 75 މާކްްސްއަށްވުރެ މަތިން ޕޮއިންޓް ލިިބުނު ތިން ބޭފުޅުން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށް ދިނުމަށް، މަޖިލިސް ތަޅުމަށް ކޮމިޓީން ހުށަހެޅި އެވެ.

ކޮމިޓީން ޕޮއިންޓް ލިބުނު ގޮތް:

މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް %90.50

ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ %88.88

އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި %87.88

އިބްރާހިމް މުހައްމަދު، ގ. ވިންޑް %71.75

މޫސާ ރިލްވާން، މ. ހާވިލާ %67.75

ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި %67.50

ޝެހެނާޒް އަދްނާން، ދރ. ރސ. 80580 %60.25

މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ %55.50

ކޮމިޓީން ހުށަހެޅި ގޮތަށް މަޖިލީހުން މިއަދު ފާސްކުރީ އެންމެގިނަ ޕޮއިންޓް ލިބިވަޑައިގެންނެވި ތިން ބޭފުޅުން ކޮމިޝަނަށް އައްޔަން ކުރުކަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *