ހަސީނާއަށް މަރުގެ ހުކުމް އިއްވައިފި

ހަސީނާއަށް މަރުގެ ހުކުމް އިއްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އެ ގައުމުގެ ކޯޓަކުން އިއްވައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހަސީނާއަށް މަރުގެ ހުކުމް އިއްވާފައި ވަނީ، ބަންގްލަދޭޝްގެ މައުކޯޓުންނެވެ. މަރުގެ ހުކުމް އިއްވި އޭނާގެ ވެރިކަން ވެއްޓުމުގެ ކުރިން ބަންގްލަދޭޝްގައި ހިނގައިދިޔަ ދާޚިލީ ހަމަނުޖެހުންތަކުގައި އިންސާނިއްޔަތާ ޚިލާފު ކަންކަން ހިންގައި ގިނަބަޔަކު މަރުވެފައިވާތީއެވެ. އޭނާގެ ވެރިކަން ވެއްޓިގެންދިޔަ ހަމަނުޖެހުންތަކުގައި 1400 ރައްޔިތުން މަރުވެފައިވާ ރިޕޯޓުތައް ބުނެފައިވެއެވެ. އެއީ މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން ބަޑި ޖަހައި ހިންގި އަމަލުތަކުންނެވެ.

ހަސީނާގެ ވެރިކަން ވެއްޓުނީ މި ހަމަނުޖެހުންތައް ކޮންޓްރޯލުން ނައްޓައި މުޅި ބަންގްލަދޭޝްގައި ހަޅުތާލު ހިންގައި، ވެރިރަށް ޑާކާގައި ހުންނަ ހަސީނާގެ ގަނޑުވަރަށް އާންމުންވަދެގަނެ، ހިނގައިދިޔަ ކަންތައް ގަނޑުގައެވެ.

ވެރިކަން ވެއްޓުމުގެ ކުރިން ހަސީނާ ވަނީ ފިއްލަވައިގެން ކުއްލި ގޮތަކަށް ޑާކާ ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހަސީނާ އޭރުއްސުރެ އަދިވެސް ހުންނެވީ އިންޑިއާގައެވެ. އޭނާ ވަނީ އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވަންވެސް މަސައްކަތް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *