76 ޕޮއިންޓަށް ފްލެޓް ނުދީ، 75 ލިބުނު މީހުންނަށް ފްލެޓެއް ނުދެން، ދެމަފިރިންނަކަށްވެސް ނުދެން: އަކްރަމް

76 ޕޮއިންޓަށް ފްލެޓް ނުދީ، 75 ލިބުނު މީހުންނަށް ފްލެޓެއް ނުދެން، ދެމަފިރިންނަކަށްވެސް ނުދެން: އަކްރަމް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ފްލެޓް ދިންއިރު، 76 ޕޮއިންޓް ލިބިފައިވާ މީހުންނަށް ފްލެޓް ނުދީ، 75 ޕޮއިންޓް ލިބުނު މީހުންނަށް އޭރު ފްލެޓް ދީފައިވާ ކަމަށް ހައުސިންގ މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވެ ހެއްދެވީ އިތުރުފުޅެއް ކަމަށާއި، އެގޮތަށް ފްލެޓް ދީފައިނުވާނެ ކަމަށް ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަކްރަމް ވިދާޅުވީ، އެ ސްކީމުގެ ދަށުން ފްލެޓު ދިން މީހުންގެ ތެރޭގައި އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ކުރިން ފްލެޓެއް ލިބިފައިވާނަމަ، އެ މީހަކަށްވެސް ފްލެޓު ދީފައިނުވާނެއެވެ.

އަކްރަމް މިހެން ވިދާޅުވިއިރު، ހައުސިންގ މިނިސްޓަރު މުއްތަލިބު ވިދާޅުވީ، 900 ވަރަކަށް މީހުންނަށް އެގޮތަށް ފްލެޓް ދީފައިވެއެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވައި އަކްރަމް ވިދާޅުވީ، މިނިސްޓަރު ހެއްދެވީ ކަނޑައެޅިގެން ދޮގު ކަމަށެވެ.

އަކްރަމް ވިދާޅުވީ، އަނބިމީހާ އާއި ފިރިމީހާ ގެދޮރުވެރިޔާ ފޯމު ހުށަހަޅާފައިވާ ނަމަ އެ ދެމަފިރިންނަށް މިދިޔަ ސަރުކާރުން ދީފައިވާނީ 1 ފްލެޓު ކަމަށެވެ. އަނބިމީހާ އާއި ފިރިމީހާ ގެދޮރުވެރިޔާ ސްކީމުގެ ދެ ކެޓެގަރީއަކަށް ކުރިމަތިލާފައި އޮތް ނަމަ އޭގެތެރެއިން ކޮންމެވެސް އެއް ކެޓެގަރީއެއް ހިޔާރު ކުރުމުގެ ފުރުސަތު ދީފައިވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އެ ސްކީމްގެ ފްލެޓްތަކުގެ މަސައްކަތް ހައުސިންގ މިނިސްޓްރީގައި ކުރީ ސިވިލްސާވިސްގެ މުވައްޒަފުން ކަމަށާއި ސިޔާސީ މުވައްޒަފުން އެކަމުގައި ނޫޅޭނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ފްލެޓް ދޫކުރިއިރު އެކަމުގައި ގެނގުޅެފައި ވަނީ ސިޔާސީ މުވައްޒަފުން ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *