ސިނގިރޭޓް 2 ކޮންޓެއިނާރ ގެއްލުން: އެހެން ގައުމެއްނަމަ ވެރިން އިސްތިއުފާދީ ސީރިއަސް ފިޔަވަޅުތަކެއް އަޅާނެ

ސިނގިރޭޓް 2 ކޮންޓެއިނާރ ގެއްލުން: އެހެން ގައުމެއްނަމަ ވެރިން އިސްތިއުފާދީ ސީރިއަސް ފިޔަވަޅުތަކެއް އަޅާނެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުން ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓް ގެއްލުނު މައްސަލައިގައި ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ފާޑު ވިދާޅުވެއްޖެ އެވެ.

ފިރާގު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެހެން ގައުމެއްގައި ހިނގި ކަމެއްނަމަ ޒިންމާ އުފުލަންޖެހޭ ޑިޕާޓްމެންޓު ތަކުގެ ވެރިން އިސްތިއުފާ ދޭނެ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފިރާގު ވިދާޅުވި އެވެ.

"އެހަނަސް މިތާ ރާއްޖޭގައި ހީވަނީ ޖަވާބު ދާރީވުން އަދި ކުރުވުން ފަހަތު ފަޔަށް ނަގާހެން. އަދި އެކަމާ ހަވާލުވެތިބި މީހުން އެއްވެސް ކަމެއްނުވާ ފަދައިން ކުރިއަށް ގެންގޮސް އާންމުން މާޔޫސްވެ، ހަގީގީ ޒިންމާ ތަންފީޒު ކުރަނީ ކޮން އިރަކުތޯ ސުވާލު އުފައްދައެވެ" ފިރާގު ވިދާޅުވި އެވެ.

މީގެ އިތުރުން ފިރާގު ވިދާޅުވީ މިފަދަ ކަންކަމުން ރާއްޖޭގެ ޕޯޓު އަދި ކަސްޓަމްސްގެ އިތުބާރު ގެއްލިގެންދާ ކަމަށެވެ. އަދި ރާއްޖެއިން ބޭރު ފަރާތްތަކުން ކަސްޓަމާއި އެމްޕީއެލްއެލްއާ ދެމެދު ދެކޭނެގޮތް ވިސްނާލުން މުހިންމު ކަމަށްވެސް ފިރާގު ވިދާޅުވި އެވެ.

އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުރި ދެ ކޮންޓެއިނަރެއްގައި ހުރި އެ ސިނގިރޭޓު ތަކަކީ ރާއްޖެއަށް ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތް ސިނގިރޭޓުތަކެެވެ. އެ ދެ ކޮންޓެއިނަރު ހިފަހައްޓާފައިވަނީ ކަސްޓަމުންނެވެ. ކަސްޓަމުން ހުރީ އެ ދެ ކޮންޓެއިނަރު ސީޒްކޮށް ތަޅުވެސް އަޅުވައިފައެވެ.

އެ ދެ ކޮންޓެއިނަރުގައި1،360 ކޭސް ސިނގިރޭޓް ހުރިއިރު އެއީ 13.6 މިލިއަން ސިނގިރޭޓެވެ. އޭގެ ޑިއުޓީ އަގު 122 މިލިއަން ރުފިޔާ އަރައެވެ.

ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައިގައި ކަސްޓަމުންވެސް އެމްޕީއެލުންވެސް އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އަދި އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅާފައިނުވާއިރު އެކަމާ ގުޅޭ ގޮތުން ކަސްޓަމްސް އަދި އެމްޕީއެލްގެ ވެރިން އެއްވެސް ވާހަކައެއްވެސް ދައްކައިފައިނުވެއެވެ. ނަމަވެސް އެމްޕީއެލުންވަނީ އެތެރޭގެ ތަހުގީގެއް ފަށައިފައެވެ.

ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލަ ތަހުގީގު ކުރަމުންދާކަން މީޑިއާތަކަށް ހާމަކުރުން ފިޔަވައި ފުލުހުންގެ ފަރާތުންވެސް އިތުރު މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިވެސް ނުވެއެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *