މިނިސްޓްރީގެ މުވައްޒަފުންނަށް އުމްރާ ގްރޫޕްތައް ނުހިންގޭގޮތް ހަދަނީ

މިނިސްޓްރީގެ މުވައްޒަފުންނަށް އުމްރާ ގްރޫޕްތައް ނުހިންގޭގޮތް ހަދަނީ

އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން، މީގެކުރިން އުމްރާ ގްރޫޕްތައް ހިންގަމުން އައިނަމަވެސް، މިނިސްޓްރީގެ މުވައްޒަފުންނަށް އުމްރާ ގްރޫޕްތައް ނުހިންގޭ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންކަމާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓްރީގެ މުވައްޒަފުންނަށް އުމްރާ ގްރޫޕްތައް ނުހިންގޭ ގޮތް ހަދަން ވިސްނެވީ، އުމްރާ ގްރޫޕްތައް ރެގިއުލޭޓް ކުރާ މުވައްސަސާއަކީ އެ މިނިސްޓްރީ ކަމަށްވާތީ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ މުވައްޒަފުންނަށްވެސް އުމްރާ ގްރޫޕްތައް ހަދައިގެން މީހުން އުމްރާއަށް ގެންދިއުމުގެ މަަސައްކަތް ކުރެވެއެވެ. ކުރިންވެސް އަދި މިހާރުވެސް މިނިސްޓްރީގެ މުވައްޒަފުން ދިޔައީ އުމްރާ ގްރޫޕްތައް ހަދައިގެން އެކަން ކުރަމުންނެވެ.

އުމްރާ ގްރޫޕް ހެދުމުގައި މިނިސްޓްރީން މިގޮތަށް ނިންމިއިރު، ރާއްޖޭގައި އުމްރާ ގްރޫޕްތަކުން މީހުންގެ އަތުން ފައިސާ އަތުލައިގެން މަކަރާއި ހީލަތް ހެދުމާއި އުމްރާއަށް ގެންގޮސް އުމްރާ ވެރިންނަށް އަޅާނުލައި ފަރުވާ ކުޑަކުރުމުގެ މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *