މީޑިއާ ކޮމިޝަނަށް ހޮވުނު ސަގީފް. އޭނާއަކީ ކުރިން މީޑިއާ ކައުންސިލްގެ ރައީސް

އިންތިޚާބެއް ނެތި މީޑިއާ ކޮމިޝަނަށް 4 މެމްބަރަކު ހޮވިއްޖެ

އިންތިޚާބެއް ނެތި މީޑިއާ ކޮމިޝަނަށް 4 މެމްބަރަކު ހޮވިއްޖެ

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިއްޖެެއެވެ.

އިލެކްޝަންސް ކޮމިޝަނުން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަޤާމަށް ކުރިމަތިލި ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 1 ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާއި ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠު ހަމަވެފައި ވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، 2 ކެންޑިޑޭޓުންނެވެ.

އަދި އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު، އެ މަޤާމަށްވެސް ކުރިމަތި ލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ޝަރުޠު ހަމަވާ 2 ކެންޑިޑޭޓުންނެވެ. އެހެންވެ މި ހަތަރު ކެންޑިޑޭޓުންވެސް ކޮމިޝަނަށް އިންތިޚާބު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު އިއުލާނު ކޮށްފައެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ހޮވުނު 2 މެމްބަރުން:

1- ޢަބްދުލްޢަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ

ޒަމްޢަތު އަޙްމަދު ވަޙީދު، މަލަ / ގދ. ތިނަދޫ

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ހޮވުނު 2 މެމްބަރުން:

ސިމާޙާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ

ޙުސައިން ޘަޤީފް، ހިސާން / ހދ. ވައިކަރަދޫ

މީޑިއާ ކޮމިޝަނަށް ޖުމްލަ ހޮވަނީ 7 މެމްބަރުންނެވެ. ބާކީ ތިބި 3 މެމްބަރުން ހޮވާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *