އަންނަ 2026 ވަނަ އަހަރަށް ޖުމްލަ 133.5 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ އޮފީހުގެ ބަޖެޓާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި އެ އޮފީހުގެ އިސް ބޭފުޅުން ވަނީ ބައިވެރި ވަޑައިގެންފައެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ އޮފީހުގެ ބަޖެޓާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އޮޑިޓާރ ޖެނެރަލް ހުސައިން ނިޔާޒީ އާއި އެ އޮފީހުގެ އިސް ބޭފުޅުން ވަނީ ބައިވެރި ވަޑައިގެންފައެވެ. އެ ބައްދަލުވުމަށް އަންނަ އަހަރަށް ބޭނުންވާ ބަޖެޓް ހުށަހެޅުއްވިއިރު، ޕީއެސްއައިޕީއާއެކު މުޅި ބަޖެޓްގެ ޖުމްލަ އަކީ 13.4 މިލިއަން ރުފިޔާއެވެ.
ނަމަވެސް ޕީއެސްއައިޕީއާ ނުލައި 92 މިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ޚަރަދަށް 89 މިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދަށް 3 މިލިއަން ރުފިޔާ ހިމަނައިގެންނެވެ. ޕީއެސްއައިޕީގައި ހިމެނެނީ 41.5 މިލިއަން ރުފިޔާއެވެ.