ރޭގެ މުޒާހަރާގައި އަނިޔާވި ރަސްލާން ހާޓް އެޓޭކެއްޖެހި ފަރުވާ ދެނީ

ރޭގެ މުޒާހަރާގައި އަނިޔާވި ރަސްލާން ހާޓް އެޓޭކެއްޖެހި ފަރުވާ ދެނީ

ރޭ އެމްޑީީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަނިޔާ ލިބުނު ރަސްލާންގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްލާނަށް ވަނީ ހާޓް އެޓޭކެއް ޖެހިފައެވެ. މުޒާހަރާގެ ބަޔެއް ބައިވެރިން ބުނިގޮތުގައި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުން ވަނީ ރަސްލާނަށް އަނިޔާކޮށް އޭނާގެ ގަޔަށް ޕަޕަސްޕޭރޭވެސް ޖަހާފައެވެ. އަދި ފުލުހުން ރަސްލާނަށް އަނިޔާކުރި ކަމަށްވެސް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

މިވަގުތު ރަސްލާނަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗުގައެވެ. ރަސްލާނަކީ އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ ނައިބު ރައީސެވެ. ރަސްލާންގެ އިތުރުންވެސް ބަޔެއް މީހުންނަށް ދަނީ ފަރުވާ ދެމުން ކަމަށްވެއެވެ.

ރޭގެ މުޒާހަރާގައި ފުލުހުން ވަނީ މީގެކުރިން މުޒާހަރާ ތަކުގައި ބޭނުން ނުކުރާ ބަޔެއް އާލާތްތައްވެސް ބޭނުން ކޮށްފައެވެ. އެގޮތުން ސޮނިކް ވެޕަން ރޭ ފުލުހުން ވަނީ ބޭނުން ކޮށްފައެވެ. މީގެކުރިން ރާއްޖޭގައި މުޒާހަރާއެއް ރޫޅާލުމަށް ސޮނިކް ވެޕަން ބޭނުން ކޮށްފައި ނުވެއެވެ. މިއީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުން ކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ ވަރުގަދަ އަޑު ފައްގަނޑެކެވެ. މިއީ ނޮން-ލީތަލް ހަތިޔާރެކެވެ.

މި އަޑުގެ ބާރުކަމުން މުޒާހަރާއަށް ނުގޮސް އެ ސަރަހައްދުގެ ގެ ތަކުގައި ތިބި ބަޔެއް މީހުންނަށްވެސް ވަނީ އެކިހަލަ އުދަނގޫތައް ކުރިމަތި ވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *