ސިވިލް ސާވިސް، ޖުޑިޝަރީ އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ ނޮވެމްބަރު މަހު ބޮޑުކުރާނެ: ރައީސް

ސިވިލް ސާވިސް، ޖުޑިޝަރީ އަދި ކައުންސިލް މުވައްޒަފުންގެ މުސާރަ ނޮވެމްބަރު މަހު ބޮޑުކުރާނެ: ރައީސް

ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލް ތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވާފައިވާ ފަދައިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ބޮޑުުވާނެ ކަމަށެވެ.

ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާ ތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވެފައިވަނީ ސިވިލް ސާވިސްގެ މުސާރައާއި އެކީގައި ކައުންސިލު ތަކުގެ މުވައްޒަފުންގެ މުސާރަ އާއި ޖުޑިޝަރީގެ މުސާރަ، އެއްކޮށް ޕޭ ހާމަނައިޒޭޝަން މިއަހަރުގެ ތިން ކުއާޓާއަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

ރައީސް އެ ނިންމެވުން ނިންމަވާފައި ވަނީ، އެ ދާއިރާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *