ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

12 މިލިއަން ރުފިޔާގެ ދިއްދޫ ބޯޓަށް ގެއްލުމެއްނުވެ ފުންކޮށްފި

12 މިލިއަން ރުފިޔާގެ ދިއްދޫ ބޯޓަށް ގެއްލުމެއްނުވެ ފުންކޮށްފި

ރޭ ދަންވަރު ނ. އަތޮޅު ވަވަތި ކުރޮޅިއަށް ފަރަށް އެރި 12 މިލިއަން ރުފިޔާގެ އަގު ބޮޑު ބޯޓު ފުންކޮށްފިއެވެ.

މި ބޯޓަކީ ހއ. ދިއްދޫ، "މެގަ ހޯރަ" ބޯޓެވެ. ބޯޓު ފަރަށް އެރީ ރޭ ދަންވަރު 12 ޖަހާކަންހާއިރުއެވެ. އޭރު ބޯޓު ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން ހއ. އަތޮޅަށެވެ.

98 ފޫޓުގެ ދިގުމިން ހުރި މި ބޯޓުގެ އެއްވެސް ތަނެއް ހަލާކުނުވެ ފުންކުރީ އެހެން ދޯންޏެއްގައި ކަފު ޖަހައިގެންނެވެ. މާލެ ޓައިމްސްއަށް މައުލޫމާތު ދިން އެރަށުގެ މީހަކު ބުނީ، ބޯޓު ފަރަށް އެރި ސަރަހައްދަކީ ގާ މަދު، ވެލިގިނަ ސަރަހައްދެއް ކަމަށްވާތީ ބޯޓުގެ ތަނެއް ހަލާކުނުވެ ފުންކުރެވުނީ ކަމަށް ބެލެވޭ ކަމަށެވެ.

ބޯޓު ފުންކުރުމުގެ ކުރިން އެ ބޯޓުގައި ހުރި ވިޔަފާރިވެރިންގެ ހުރިހާ މުދަލެއްވެސް ވަނީ އެހެން ދޯނިތަކަށް ބަދަލުކޮށް ބޯޓު ވަރަށް ބޮޑަށް ލުއިކޮށްފައެވެ. އެހެންވެ ބޯޓަށްވެސް އަދި މުދަލަކަށްވެސް އަދި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށްވެސް އެއްވެސް ގެއްލުމެއް ނުވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *