އެމްޑީޕީ އާއި ޕީއެންއެފްގެ އިވެންޓެއް ލައިވް ކުރި މައްސަލައިގައި ރާއްޖެ ޓީވީ އާއި ޗެނަލް ތޭރައަށް ފިޔަވަޅު އަޅައިފި

އެމްޑީޕީ އާއި ޕީއެންއެފްގެ އިވެންޓެއް ލައިވް ކުރި މައްސަލައިގައި ރާއްޖެ ޓީވީ އާއި ޗެނަލް ތޭރައަށް ފިޔަވަޅު އަޅައިފި

އެމްޑީީޕީގެ އިވެންޓަކާއި، ޕީއެންއެފްގެ އިވެންޓެއް ލައިވް ކުރުމުން ޗެނަލް 13 އާއި ރާއްޖެ ޓީވީއަށް، ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅައިފިއެވެ.

ކޮމިޝަނުން މި ދެ ޓީވީ ސްޓޭޝަނާމެދު ފިޔަވަޅު އަޅަން ނިންމައި، ޗެނަލް 13 އަށް ފިޔަވަޅު އެޅީ މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ 20:00 ން 22:00 އަށް އެ ޗެނަލްއިން ބްރޯޑްކާސްޓް ކުރުން މެދުކަނޑާލަން އަންގާފައި ވަނިކޮށް، އެެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާ ލައިވް ކުރުމުންނެވެ.

ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅަން ނިންމީ ހުސްވި މާޗް މަހުގެ 12 ވަނަ ވަނަ ދުވަހު އެމްޑީޕީން ބޭއްވި ކުއްލި އެއްވުން އިވެންޓް ލައިވް ކުރުމުންނެވެ. ކޮމިޝަނުން ބުނެފައި ވަނީ ފިޔަވަޅު އެޅީ ލައިވްގައި ދެއްކި ވާހަކައަކާއި ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

އެ ވާހަކައަކީ މަރިޔަމް ޒުބައިރު (މަންދީ) އެެރޭ ދެއްކި ވާހަކައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅިގެން ދެއްކި ވާހަކައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *