ނިންމުންތައް ނިންމަން ވާނީ ރައްޔިތުންގެ އަޑު އަހައިގެން: ރައީސް

ނިންމުންތައް ނިންމަން ވާނީ ރައްޔިތުންގެ އަޑު އަހައިގެން: ރައީސް

ނިންމުންތައް ނިންމާއިރު ރައްޔިތުންގެ އަޑުއެހުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޖުތަމައުގެ އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ނިންމުންތައް ނިންމުމުގައި ހުރިހާ ރައްޔިތުންގެ އަޑު އަހައިގެން ކުރިއަށް ދިއުމުގައި ދެމިތިބެންވާނެ ކަމަށެވެ.

”ނިންމުންތައް ނިންމުމުގައި ހުރިހާ ދާއިރާއެއްގެ ރައްޔިތުންގެ އަޑު އަހާ ބަޔަކަށް ވާންޖެހޭ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޑިމޮކްރަސީގެ އަސާސްތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާއިރު ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ހައްގުތައް ކަށަވަރުކޮށް، އަމިއްލަ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތައް އެއްބާރުލުން ދޭނެ ކަމަށެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *