ސިވިލްސާރވިސް ކޮމިޝަނުގެ ރައީސް ކަމަށް ނާސިހު، ފާއިޒާއި ދީބާވެސް އައްޔަން ކޮށްފި

ސިވިލްސާރވިސް ކޮމިޝަނުގެ ރައީސް ކަމަށް ނާސިހު، ފާއިޒާއި ދީބާވެސް އައްޔަން ކޮށްފި

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނުކުރެއްވި ތިން ބޭފުޅުންނަށް ރައީސް ވަނީ ފަތްކޮޅު އަރުއްވާފައެވެ. އެގޮތުން ފަތްކޮޅު އެރުއްވި ތިން ބޭފުޅުންނަކީ:
– މ. ފަލްކަންގެ، މުޙައްމަދު ނާޞިޙް
ދަފްތަރު. ނަންބަރު 1325، ޑރ. ޙުސައިން ފާއިޒް
– މ. ވައިޓްބެލް، ޑރ. ދީބާ މޫސާ
މި ތިން ބޭފުޅުންނަށް މަޤާމުގައި ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއެވެ. އެ ބޭފުޅުންގެ ތެރެއިން ނާސިޙް އަކީ މިދިޔަ ދައުުރުގައި ވެސް އެ ކޮމޝަނުގެ ރައީސަކަށް ހުންނެވި ބޭފުޅާއެވެ. އެހެންކަމުން ނާސިހް އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރެވުނު މިއީ ދެވަނަ ފަހަރެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން އެ މަގާމަށް އައްޔަނުކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ. އެގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ނިމުނު ދައުރުގެ 26 ވަނަ ޖަލްސާގައި އެ މެންބަރުންނަށް ރުހުން ދިނުމަށް ވަކިވަކިން ވޯޓަށް އެހިއިރު، ނާސިހު އައްޔަނުކުރުމަށް 52 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި ޑރ. ދީބާ މޫސާއަށް 60 މެންބަރުންގެ ރުހުން ލިބިވަޑައިގެންނެވިއިރު، ޑރ. ހުސައިން ފާއިޒަށް ރުހުން ދީފައި ވަނީ 54 މެންބަރުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ މަގާމަށް ތިން ބޭފުޅަކު އައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ކޮމިޝަނުގެ ކުރީގެ ދައުރުގެ ތިން މެންބަރެއް ދައުރު ހަމަވުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *