151 ނޫސްވެރިން ސޮއިކޮށް ރައީސަށް މިއަދު ހުށަހެޅި ޕެޓިޝަން ހުށަހަޅަން ނޫސްވެރިން ރައީސް އޮފީސް ކައިރީގައި ހަދާފައިވާ "މީޑިޔާ ފެންޑާ" ގައި. ފޮޓޯީ: ދައުރު ނޫސް

މީޑިޔާ ކޮންޓްރޯލް ކުރާ ބިލު ބޭރުކުރަން 151 ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި

މީޑިޔާ ކޮންޓްރޯލް ކުރާ ބިލު ބޭރުކުރަން 151 ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި

ސަރުކާރުން އަޑީގައި އޮވެ، އަމިއްލަ މެމްބަރެއް ލައްވައި މަޖިލީހަށް ހުށަހެޅި ކަމަށް ބެލެވޭ މީޑިޔާ ބިލު މަޖިލީހުން ބޭރު ކުރުމަށް ގޮވާލައި، ރާއްޖޭގެ މީޑިޔާގައި މަސައްކަތް ކުރަމުން އަންނަ 151 ނޫސްވެރިޔަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އިސްނަގައި، ނޫސްވެރިންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަންގައި ރައީސްގެ އަރިހުން އެދިފައި ވަނީ، ބިލު މަޖިލީހުން ބޭރުކޮށްދޭން ވެރިކަންކުރާ ޕީއެންސީ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގަތުމަށެވެ. އަދި ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގު ނުކުރުމަށްވެސް އެދިފައިވެއެވެ.

ޕެޓިޝަނުގައި ބުނެފައި ވަނީ މަޖިލީހަށް ބިލު ހުށަހަޅާފައި ވަނީ އާންމު ރައްޔިތުންނާއި، ނޫސްވެރިންނާއި ކަމާގުޅުން ހުރި އެއްވެސް މުވައްސަސާއަކާވެސް މަޝްވަރާ ނުކޮށް ކަމަށާއި، އެ ބިލުގެ ސަބަބުން ނޫސްވެރިކަން ރޭނިންގައި ވަރަށް ބޮޑަށް ފަހަތަށްދާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށެވެ.

މި ބިލުގެ މައްސަލައިގައި ނޫސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި ބިލާމެދު މަޝްވަރާ ކުރުމަށް ނޫސްވެރިންނާއި ކަމާގުޅުން ހުރި ދެ މުވައްސަސާ ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރަމުންވެސް ހުރިހާ ފަރާތަކުންވެސް މައިގަނޑުކޮށް ފާހަގަ ކުރީ ބިލު ގޯސް ކަމަށެވެ. އަދި ބިލު ބޭރު ކުރުމަށް އެދިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *