ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މާބަނޑު އަންހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
މިއީ ނެދަލެންޑްގެ މީހެކެވެ. ފުލުހުން ބުނެފައިވަނީ އޭނާގެ ލަގެޖް ފޮށިން ފަސްލިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އޭނާއަކީ މާބަނޑު މީހަކަށް ވާތީ، ބަލި ހާލަށް ބަލައި އޭނާގެ ތަހުގީގު އަވަސް ކޮށްދިނުމަށް ވަކީލު ވަނީ އެދިފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތެއް ޖަހައި، މާބަނޑު މީހަކަށްވާތީ އޭނާގެ ކަންކަން ގާތުން ބެލުމަށް ކޯޓުން ވަނީ އަންގައިފައެވެ.