ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

ރާއްޖޭގެ ކަނޑުގެ ސަރަަހައްދަށް ގަވާއިދާ ހިލާފަށް ބޭރުގެ މަސްބޯޓެއް ވަދެގެން އުޅެނިކޮށް ހިފަހައްޓައިފިއެވެ.
މިކަމާ ގުޅިގެން ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނީ، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އެ ބޯޓު ފެނުނީ ކ.ދިއްފުށްޓާ ދިމާ އިރުމަތިންނެވެ.
އެމްއެންޑީއެފުން ބުނީ ބޯޓު ފެނުނުއިރު، އޭގައި 6 މީހަކު ތިބިކަމަށެވެ.

އަތުލައިގަތީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓެއްކަމެއް އެމްއެންޑީއެފަކުން ބުނެފައެއް ނުވެއެވެ. ނަމަވެސް މިގޮތަށް ގިނައިން އަތުލައިގަންނަނީ އަވައްޓެރި ޤައުމުތަކަށް ނިސްބަތްވާ މަސްބޯޓުތަކެވެ. ހާއްސަ ގޮތެއްގައި ސްރީލަންކާގެ މަސް ބޯޓުތަކެވެ.
އެމްއެންޑީއެފުން މިހާރު ވަނީ މައްސަލަ ބެލުމަށް އެ ބޯޓް ފުލުހުންނާ ހަވާލު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *