އެމްޑީޕީގެ ޗެއާރޕާސަން ކަމުގެ މަގާމަށް ކުރިމަތި ލައްވަން ނިންމެވީ، ސިޔާސީ މަސައްކަތުގައި އިސްސަފުގައި ހަރަކާތްތެރިވާން ކެރޭނެތީ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގައި އޭނާ ކުރެއްވި އުދަނގޫ ސިޔާސީ ބަޔެއް މަސައްކަތްތައް ހަނދާން އާކުރައްވަމުން މޫސަ ވިދާޅުވީ،
"އޮގަސްޓް 12-13″ އައިގޮތާއި, އެކަން އަންނަން މެދުވެރިވި ސަބަބުތަކަކީ މިނިވަން ބަހުސްގެ ނަމުގައި ފަށައިގަތް ހަރަކާތުގެ ބޮނޑިބަތަށް ނިސްބަތްކޮށް ލޮނުޒިޔާރަތް ކޮޅަށް އެއްވާންފެށި އެންމެންގެ ހިތްވަރާއި ފަސްނުޖެހުން ކަމަށެވެ.
"އަޅުގަނޑުމެން އިސްވެތިބެ ފެށި މަސައްކަތުން މިނިވަންކަމާއެކު ހައްޤުތަށް ލިބިދޭނެ ޤާނޫނުއަސާސީއެއް އެއޮތީ ހޯދާފައެވެ." މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، މިހާރު ގެއްލެމުންދާ ހައްގުތައް އަލުން ހޯދޭނީ މަގުމައްޗަށް ނުކުމެގެން ކަމަށް ގަބޫލުކުރާނަމަ އެމްޑީީގެ ސަފުގައި އެންމެ ކުރީ ސަފުގައި ހުންނަ މީހަކީ ކެރޭ މީހަކަށްވާންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ޗެއަރ ކަމަށް ކުރިމަތިލާން ނިންމީ ކުރީސަފުގާ އިސްވެ ހަރަކާތް ކުރަން ކެރޭނެތީއެވެ.
މޫސަ ވިދާޅުވީ، ބާރުތަށް ވަކިކޮށްގެން ވެރިކަން ކުރުމުގާ ޖަވާބުދާރީ ކުރެވޭނެ ޤާނޫނުއަސާސީއެއް ގެނައީ އޮގަސް 12-13 ފަދަ އެތަށް ހާދިސާއެއް ކުރިމަތިވެގެންކަން ރައްޔިތުން ދަންނާނެ ކަމަށެވެ.
"ނަމަވެސް ވެރިކަންކުރާ މި ނިޒާމުގައި ރައްޔިތުން އަތުން ބާރު ދޫވަމުންގޮސް ތިންބާރު އެކައްޗަކަށް ވުމުން ޤާނުއަސާސީގެ 4 ވަނަމާއްދާގައި ބުނާ ދައުލަތުގެ ހުރިހާބާރު ކަމުގައިވާ ރައްޔަތުން ނުކުމެ އަލުން ނިޒާމުގެ ވާހަކަ ދައްކަން ވެއްޖެހެން އަޅުގަނޑަށްވެސް ހީވަނީ" މޫސަ ވިދާޅުވިއެވެ.