ކުޅުދުއްފުށިން ގެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށީ ޖުފުޑި، އުމުރުން 67 އަހަރުގެ ހަސަން މޫސާ ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ހަސަން މޫސާ މިއަދު ފަތިހު 5:00 ގައި ގެއިން ނިކުތީ ދުވަން ދިއުމަށެވެ.
އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވަ އެވެ.
ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށެވެ.