ކުޑަކުއްޖަކާ ބެހެން އުޅުނު ބަންގްލަދޭޝް މީހަކު 14 އަހަރަށް ޖަލަށް

ކުޑަކުއްޖަކާ ބެހެން އުޅުނު ބަންގްލަދޭޝް މީހަކު 14 އަހަރަށް ޖަލަށް

ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލި މީހަކު 14 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ޖަމާލް އުއްޑިން ކިޔާ ބަނގްލާދޭޝް މީހެއްގެ މައްޗަށެވެ. ކުރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލު ތަކަކަށް އަމަލު ކުރުމުގެ ގާނޫނު) ގެ ތިންވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން، ޖަމާލް އުއްޑިން 14 (ސާދަ) އަހަރަށް ޖަލަށްލާ ކަމަށެވެ.

މި މައްސަލައަކީ މީގެ ފަސްއަހަރު ދުވަހުގެ ކުރިން ކޮށްފައިވާ ދައުވާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *