މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ތަންތަނުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި

މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ތަންތަނުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އަންގައިފި

ކުރިއަށް އޮތް މިނިވަން ދުވަހަ ގުޅިގެން ބާއްވާ ހަރަކާތްތައް ކުރިއަށްދާ ތަންތަނުގައި ޕާކުކޮށްފައިވާ އުޅަނދުތައް ދުރާލާ ނަގަން  ފުލުހުން އަންގައިފި އެވެ.

ފުލުހުން މިއަދު ވަނީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާ ސަރަހައްދުގެ ޗާޓެއް ވެސް އާންމުކޮށްފަ އެވެ. އަދި އެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް މާދަމާ ހައެއް ޖެހުމުގެ ކުރިން ނެގުމަށް ވަނީ އަންގައިފަ އެވެ.

އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީ ލޮކޭޓް ކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ. "

މި ކަންކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން." ފުލުހުން ބުންޏެވެ. މި ފަހަރު ފާހަގަކުރަނީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ކަމަށްވާތީ އެކަން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ވަނީ ނިންމައިފަ އެވެ.

އެ ހަފްލާގައި ބައިވެރިވުމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *