ޒޯން ބަދަލުނުކޮށް ސައިކަލު ދުއްވި ފުލުހަކަށް ފިޔަވަޅު އަޅައިފި 

ޒޯން ބަދަލުނުކޮށް ސައިކަލު ދުއްވި ފުލުހަކަށް ފިޔަވަޅު އަޅައިފި 

ނުބައި ބޯޑެއް ޖަހާއިގެން މާލޭ ސަރަހައްދުގައި ދަތުރުކުރި ފުލުސް މީހަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލޭގައި ސީ ޒޯންގެ ބޯޑެއް ޖަހައިގެން ފުލުހަކު ސައިކަލް ދުއްވާ މަންޒަރު ފެންނަ ފޮޓޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ފޮޓޯގައި ފެންނަ ގޮތުން ފުލުސް މީހާ ދުއްވަން އިން ސައިކަލްގައި ޖަހާފައިވާ ބޯޑުގައި އިނީ ސީ ޒޯންގެ ނަމްބަރު ޕްލޭޓްއެކެވެ. މާލޭ ސަރަހައްދުގައި ދުއްވާ ނަމްބަރު ބޯޑުގައި ޒޯންގެ ގޮތުގައި އިންނަނީ އޭ އެވެ.

އެކަމާ ގުޅިގެން ފުލުހުން މީޑިއާއިން ބުނީ ފޮޓޯގައި ފެންނަ ފުލުސް އޮފިސަރަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މި އަމަލު އިސްލާހު ކުރުމަށް ނަސޭހަތްތެރިވެވިފައިވާ ކަމަށެވެ.
އެ ފުލުސް އޮފިސަރާއި މެދު ފިޔަވަޅު އެޅި ނަމަވެސް، އެޅި ފިޔަވަޅެއް ޝިފާން ހާމަކޮށްފައެއް ނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *