ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނީ ހުކުރު ދުވަހު

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނީ ހުކުރު ދުވަހު

ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށް ރައީސް އޮފީހުން ޔަގީން ކޮށްދީފިއެވެ.

މިއީ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މީޑިޔާ ތަކުގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ދެ ގައުމުންކުރެ ގައުމެއްގެ ސަރުކާރުން ރަސްމީކޮށް ޔަގީންކޮށްދިން ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބުނީ މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 25 ވާ ހުކުރު ދުވަހު ކަމަށެވެ. އެއަށްފަހު މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި އިންޑިޔާއަށް ވަޑައިގަންނަވާނީ 26 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި އިންޑިޔާއިން ރާއްޖޭގައި ކުރިއަށްގެންދާ ބަޔެއް ޕްރިޖެކްޓްތައް އިފްތިތާހު ކުރުންވެސް އޮންނާނެ ކަމަށެވެ. އަދި އެމްއޯޔޫ ތަކުގައި ސޮއި ކުރުންވެސް އޮންނާނެ ކަމަށެވެ. އަދި މިއީ ރާއްޖެ އާއި އިންޑިޔާގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން އުފެދުނުތާ 60 އަހަރުވާ އަހަރު ކަމަށްވާތީ މޯދީގެ ދަތުރުފުޅު ވަރަށް ޚާއްސަ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *