80 އަހަރުގެ މީހަކު ފައިބުޑަށް ވެއްޓި އާދޭސް ކުރުމުން ކަންގަނާ ބޮލުން ކަޓުވާލުމުން ހޫނު ފެނަށް! 

80 އަހަރުގެ މީހަކު ފައިބުޑަށް ވެއްޓި އާދޭސް ކުރުމުން ކަންގަނާ ބޮލުން ކަޓުވާލުމުން ހޫނު ފެނަށް! 

އިންޑިއާއަށް މިދުވަސްވަރު ކުރިމަތިވެފައިވާ، ވިއްސާރަ އާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ހިމާޗަލް ޕްރަދޭޝް އަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ހިމާޗަލް ޕްރަދޭޝުން ވަނީ 78 މީހުން މަރުވެފައެވެ. އެތަނުގައިވެސް އެންމެ ބޮޑަށް ގެއްލުންވެފައިވަނީ މަންޑީއަށެވެ. ބިންގަނޑު ކަނޑައިގެންގޮސް ކިސަޑު ގެ ސަބަބުން އެތަނުގެ ބައެއް ގެތައް ހަލާކުވެ މަގުތައް ބަންދުވުމުގެ ސަބަބުން ބޮޑުކާރިސާއެއް ވަނީ ކުރިމަތިވެފައެެވެ.

ހަބަރު ފަތުރާ ވަސީލަތް ތަކުން ބުނަނީ މި ހާދިސާގައި މަންޑީއަށް ލިބިފައިވާ ގެއްލުންތައް 700 ކްރޯޑް ރުޕީސް އަށް އަރާ ކަމަށެވެ.

މަޝްހޫރު ފިލްމްސްޓާ ގަންގަނާ ރަނައުތަކީ މިދިޔަ އަހަރު ބޭއްވި، އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ އިންތިހާބުގައި ވެރިކަންކުރާ ބީޖޭޕީގެ ޓިކެޓްގައި ވާދަކޮށްގެން މަންޑީގެ ގޮނޑި ކާމިޔާބުކުރި މެންބަރެވެ.

ކަންގަނާ ވަނީ އެ ހާދިސާގެ ގެއްލުންތައް ބަލައިލުމަށާއި ރައްޔިތުންގެ ހާލު ބަލައިލުމަށް އިއްޔެ މަންޑީއަށް ގޮސްފައެވެ.

ނަމަވެސް އެތަނުގައި އޭނަ ކަންތައްކުރި ގޮތުން ގިނަ ފާޑުކިއުންތަކެއް ވަނީ އޭނާއަށް އަމާޒުވެފައެވެ.

އެ ފާޑުކިއުންތައް އޭނާއަށް އަމާޒުވީ، މަންޑީގެ 80 އަހަރުގެ މުސްކުޅިއަކު ކަންގަނާގެ ފައިބުޑަށް ވެއްޓި އޭނާއަށް އެހީވާން އެދުމުން، އެއީ ބޮޑުވަޒީރުގެ މަސައްކަތެއް ކަަމަށް ބުނެ ބޮލުން ކަޓުވާލުމުންނެެވެ.

އެ މުސްކުޅި މީހާއާ ދިމާލަށް ކަންގަނާ ބުނީ، އެއީ އޭނާގެ މަސައްކަތެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން އެ މުސްކުޅި މީހާ ކަންގަނާ ކައިރީގައި ބުނީ، ތީ ގާނޫނުހަދާ މަޖިލިހުގެ ވެރިކަންކުރާ ޕާޓީގެ މެންބަރެއް ކަަމަށާއި، ބޮޑުވަޒީރަށް ދަންނަވައިގެންވެސް އެމީހުންނަށް ގޮތް ހޯދަދެވޭނެ ކަމަށެވެ. އަދި އެމީހުންނަށް އެހީވާން ބައިވަރު ކަންކަން ކުރުމުގެ ބާރު ކަންގަނާއަށް ލިބިފައިވާ ކަމަށްވެސް އެމީހާ ބުންޏެވެ.

އެ ބައްދަލުވުމުގެ ތެރެއިން މީޑިޔާއާ ވާހަކަ ދައްކަމުން ކަންގަވާ ބުނީ އޭނާއަކީ ކެބިނެޓެއް އޮތް މީހެއްނޫން ކަމަށާއި، ރިލީފް ފަންޑެއް އޮތް މީހެއްވެސް ނޫން ކަމަށެވެ.

ހާލުގައި ޖެހިފައިތިބި ރައްޔިތުންތަކެއް ކައިރިއަށްގޮސް ހީީހީފައި ހުރެގެން އެފަދަ ވާހަކަތައް ދެއްކުމުން ކަންގަނާގެ އަމިއްލަ ޕާޓީގެ ބައެއް މެނބަރުންވެސް އޭނާއަށް ވަނީ ފާޑުކިޔައިފައެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީން ބުނީ ވެރިކަންކުރާ ޕާޓީގައި ހުރެ، ގާނޫނުއަދާ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް މެންބަރަކު ރައްޔިތުންނަށް އެހާ އިހާނެތިކޮށް ވާހަކަ ދެއްކުމުން، އިސްތިއުފާ ދޭންޖެޙޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *