މާލެއިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ގެއްލިގެން ހޯދަނީ ގ. ގަނެޓް، ހަސަން ޔާމީން (30 އ) އެވެ. ހަސަން ޔާމީން މިދިޔަ ހުކުރު ދުވަހުގެ ރޭ 9:25 ހާކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަސަން ޔާމީން ހޯދަން ފުލުހުން އިއުލާންކުރީ ރޭގެ 11:15 ހާއިރު އެވެ. ފުލުހުން ބުނީ މިއަދުގެ ހެނދުނާ ހަމައަށް ވެސް އޭނާ ނުފެންނަ ކަމަށެވެ.