ބޮލުގެ އިސްތަށި ކަޅު ކުރުން ހުއްދަ: ފަތުވާ މަޖިލިސް

ބޮލުގެ އިސްތަށި ކަޅު ކުރުން ހުއްދަ: ފަތުވާ މަޖިލިސް

ބޮލުގެ އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމަކީ ދީނުގައި ހުއްދަ ކަމެއް ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ނިންމައިފިއެވެ.

ރާއްޖޭގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މި މައްސަލައިގައި ފަތުވާ މަޖިލީހުން ގޮތެއް ނިންމިއިރު، އެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަ ކުރެވޭ ކަމަށެވެ. އެއް ރައުޔަކީ އެކަން ހުއްދަ ކަމަށް ބުނާ ރައުޔެކެވެ. އަނެއް ރައުޔަކީ އެކަން ހުއްދަ ނޫން ކަމަށް ބުނާ ރައުޔެކެވެ. އެ ދެ ރައުޔު ވެސް ބިނާވެފައި ވަނީ ދަލީލު ތަކުގެ މައްޗަށް ކަމަށް އެ މަޖިލީހުން ބުނެފައިވެއެވެ. އެ ދެ ރައުޔުވެސް އިލްމްވެރިން ގަބޫލުކުރާ ކަމަށް މަޖިލީހުން ބުނެއެވެ.

އެހެން ނަމަވެސް އިސްތަށީގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ, އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެކަމުގައި ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅު ކުލަޖެއްސުން ހުއްދަ ކަމެއް ކަމަށް ފަތުވާ މަޖިލީހުން ވަނީ ބުނެފައެވެ.

ބޮލުގެ އިސްތަށީގައި ނުރަ ޖެހުމުން ރާއްޖޭގައިވެސް އަދި ބަޔެއް އެހެން ގައުމުތަކުގައިވެސް ތަފާތު ކުލަތައް ޖައްސައި އުޅެއެވެ. ރާއްޖޭގައި އާންމުކޮށް ގިނަ މީހުން ޖައްސަނީ ހީނާފަތް ނުވަތަ މުށި ކުލަފަދަ ކުލަތަކެވެ. ނަމަވެސް ހިސާބަކަށް ކަޅު ކުލަވެސް ޖައްސައި އުޅެއެވެ. ދިވެހިންގެ ތެރޭގައި މިހާތަނަށް ބުނެ އުޅެނީ ބޮލުގެ އިސްތަށީގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ނޫން ކަމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *