މާފަރުގެ އިހުތިސޯސުން ފަރުމުލި އަތުލުމުން އައްބާސްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ، ވިދާޅުވީ މީ މާފަރުގެ މުއްސަނދިކަން ފޭރިގަތުން ކަމަށް

މާފަރުގެ އިހުތިސޯސުން ފަރުމުލި އަތުލުމުން އައްބާސްގެ ރުޅިގަނޑު ފަޅައިގެން ހިނގައްޖެ، ވިދާޅުވީ މީ މާފަރުގެ މުއްސަނދިކަން ފޭރިގަތުން ކަމަށް

ނ. މާފަރުގެ އިހުތިސޯސްގެ ތެރޭގައި އޮންނަ އެ އަތޮޅުގެ ފަރުމުލި، މާފަރުގެ އިތުހިސޯސްއިން ވަކިކުރުމަކީ ރައްޔިތުންގެ ނަފާވެރިކަން ނައްތާލުމުގެ އަމަލެއްކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު  ނެރުއްވި ހާއްސަ ގަރާރެއްގެ ދަށުން "ފަރުމުލި" އަކީ ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅައި އެ ރަށަކީ  މާފަރުގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ރަށެއް ނޫންކަމަށް ކަނޑައެޅީ މިއަދު އެވެ.

އެ ނިންމުމާ ގުޅިގެން މެމްބަރު އައްބާސް ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކަން ކުށްވެރިކުރައްވައިފަ އެވެ.

އައްބާސް ވިދާޅުވީ މިއީ ކުރެވިގެންވާޏެ ކަމެއް ނޫން ކަމަށާއި އެގޮތަށް  ރަނގަޅު އާންމުދަނީއެއް ލިބިދާނެހެން ހީވާ ކޮންމެ ތަނެއް ރައްރަށުގެ އިހްތިސާސް އިން ބައިބައަށް ވަކި ކުރުމަކީ ލާމަރުކަޒީ ގާނޫނައް އަރައިގަތުން ކަމަށެވެ.

"ރަށުކައުންސިލްތައް ޕެރަލައިޒް ކުރުން. ރައްޔިތުންގެ ނަފާވެރިކަން ނައްތާލުން." އައްބާސް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *