ސްކޫލްތަކުގެ ނަމުގައި ހިންގަމުން ދިޔަ ކޮންޕެންޝަން ޕޭޖުތަކެއް ފުލުހުން ހުއްޓުވައިފި، ޕޭޖުތައް ހިންގީ ދަރިވަރުންތަކެއް

ސްކޫލްތަކުގެ ނަމުގައި ހިންގަމުން ދިޔަ ކޮންޕެންޝަން ޕޭޖުތަކެއް ފުލުހުން ހުއްޓުވައިފި، ޕޭޖުތައް ހިންގީ ދަރިވަރުންތަކެއް

ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބަބުލީގެ އަމަލުތައް އިތުރުވަމުންދާ ކަމަށެވެ.

އެހެންވެ އެކަން ހުއްޓުވަން ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންފަށައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފާއިތުވެދިޔަ ހަފްތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށައި އެފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެފަދަ މައްސަލަތައް ދުވަހުން ދުވަހަށް ބޮޑުވެ ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް އެކަމުގެ ޝިކާރައަކަށް ވެފައިވާއިރު، އެފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުންކަމަށް ފުލުހުން ބުންޏެވެ.

ްަްައަދި ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް އެފަދަ ޕޭޖްތަކުގައި ޝާއިއުކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *