ޓޫރިޒަމްއަށް ތަރަައްގީކުރަން މާފަރުގެ އިހުތިސޯސްއިން ފަރުމުލި ވަކިކޮށްފި

ޓޫރިޒަމްއަށް ތަރަައްގީކުރަން މާފަރުގެ އިހުތިސޯސްއިން ފަރުމުލި ވަކިކޮށްފި

ނ. މާފަރުގެ އިހުތިސޯސްގެ ތެރޭގައި އޮންނަ އެ އަތޮޅުގެ ފަރުމުލި، ޓޫރިޒަމްއަށް ތަރައްގީކުރަން މާފަރުގެ އިތުހިސޯސްއިން މިއަދު ވަކިކޮށްފި އެވެ.

މާފަރުގެ ބައެއްގެ ގޮތުގައި "ފަރުމުލި" އާއި "ކަނޑިންމާހުރާ" ކަނޑައެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ނެރުއްވި ގަރާރަކުން ނެވެ. ނަމަވެސް ރައީސް މުއިއްޒު މިއަދު ވަނީ އިތުރު ގަރާރެއް ނެރުއްވައި "ފަރުމުލި" އަކީ އެ އަތުޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައަޅުއްވާފަ އެވެ.

އެއާއެކު ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް މުއިއްޒު ވަނީ ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ރަށެއްގެ ގޮތުގައި "ފަރުމުލި" ކަނޑައަޅުއްވާފަ އެވެ.

އެ ގަރާރާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *