މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު ރަހީނު ކޮށްފިއެވެ.
މީޑިއާތަކަށް މިއަދު މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލަ ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 6 ޖެހިހާއިރު ކަމަށެވެ.
ރިޕޯޓް ލިބުމާއެކު އެ މީހާ ރަހީނުކޮށްފައި ހުރި ގެއަށް ފުލުހުން ގޮސް، ތަނުގެ ތަޅު ހަލާކު ކޮށްލައިގެން ވަދެ އެ މީހާ އެ ތަނުން ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ބަންގްލަދޭޝް ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ސިއްހީ ހާލަތު ބަލަމުންދާ ކަމަށާއި ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އޭނާ ރަހީނުކުރީ ކޮންބަޔެއް ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުން، އެމީހުންގެ ތެރޭގައި ޖެހޭ ފައިސާގެ މައްސަލަތަކުގައި މިފަދަ ކަންކަން މީގެކުރިންވެސް ކޮށްފައިވެއެވެ.