އުތުރުތިލަފަޅުން ގޯތި ނުދީ އެހެން ކަންކަން ކުރުން ބަލައިނުގަނެވޭނެ

އުތުރުތިލަފަޅުން ގޯތި ނުދީ އެހެން ކަންކަން ކުރުން ބަލައިނުގަނެވޭނެ

އުތުރުތިލަފަޅުން ގޯތި ނުދީ އެތަނުގައި އެހެން ކަންކަން ކުރަން އުޅޭތީ ކަންބޮޑުވާ ކަމެއް ކަމަށް އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބުނެފި އެވެ.
މި ސަރުކާރުން ވަނީ އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރުމުގެ މަޝްރޫއަކާއި ސެންޓަރް ޖަލެއް ހެދުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.
އުތުރު ތިލަފަޅު ޔޫނިއަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ އެ ރަށުން ގޯއްޗާއި ފްލެޓް ދިނުން ފިޔަވައި އިތުރު ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ އުތުރުތިލަފަޅުން ބަޔަކަށް ގޯތި ދީފައިވަނިކޮށް، އެ ގޯތިތައް ހަވާލުނުކޮށް އެެހެން ކަންކަން ފަށައިގެން ކުރިއަށް ގެންދިއުން ބަލައިނުގަނެވޭނެ ކަމަށެވެ.
”19،000 އެތައް ބަޔަކު ގޯތި ހޯދުމުގެ އުއްމީދުގައި ތިއްބާ ދަނޑުވެރިކަމަށް އުތުރު ތިލަފަޅު ހާއްސަކުރެވިގެން ދިޔައީމަ އެއީ ރައްޔިތުންގެ ކަންބޮޑުވުން އައި ކަމެއް. އެއީ މި ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން. ބޯހިޔާވަހިކަމުގެ މައްސަލަައަށް ދާއިމީ ހައްލެއް ހޯދޭނީ ގޯތި ލިބިގެން،“ އަލީ ހުސައިން ވިދާޅުވި އެވެ.
”300 ކުދިންގެ ރިހެބިލިޓޭޓް ކުރަން 19،000 އާއިލާއެއްގެ އުއްމީދު ކީއްކުރަންހޭ އަޅުގަނޑުމެން ގެއްލުންވާލަންވީ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުތުރު ތިލަފަޅުގައި އަޅަން ޖެހޭނީ ސެންޓްރަލް ޖަލެއް ނޫން. އެ ތަނުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ނޫން،“
އަލީ ހުސައިން ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުން ރިހިބިލިޓޭޓް ކުރަންޖެހެނީ އެކަމަށް ވަކިން ހާއްސަ ރަށެއް ހަދައިގެން ނޫން ކަމަށެވެ. ޑްރަގް ރިހިބިލިޓޭޝަން ކަންކަން ކުރިއަށް ގެންދަންވާނީ މުޖުތަމައު އިންޓަގްރޭޓެޑް ކޮށްގެން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *