ޓޫރިޒަމް ދަށް އަތޮޅުތަކުގައި އެ ސިނާއަތް ފައްކާވާން ދެން ގިނަ ދުވަސް ނުނަގާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ްއެގޮތަށް ޓޫރިޒަމްއަށް ފައްކާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވީ ހއ., ހދ., ނ., ތ., ލ., އަދި އައްޑޫ ސިޓީއެވެ.
ރައީސް ވިދާޅުވީ އެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރާނީ އިނާޔަތްތަކާއި ލުއިތައް ހިމެނޭހެން ގިނަ ކަންތައްތަކެއް ހިމެނޭ "އެޕްރޯޗް" އެއްގެ ތެރެއިން ކަމަށެވެ.
"ދަތުރުފަތުގެ އިންފްރާސްޓްރަކްޗާއަށް މިހާރު ކުރަމުންދާ އިންވެސްޓްމަންޓްތަކާއެކު ޓޫރިޒަމް ދާއިރާ އާ ބާބަކަށް މިހާރު މިއޮތީ ފައްކާވެފައި. އަންނަ ހަފްތާގައި އެކަމާ ގުޅޭ އިތުރު މައުލޫމާތު ޓޫރިޒަމް މިނިސްޓްރީން ހާމަކުރާނެ" ރައީސް ވިދާޅުވި އެވެ.
ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ކަނޑައަޅައި އެކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައިވާކަން ވެސް ރައީސް މުއިއްޒު މިއަދު ވަނީ އިއުލާނު ކުރައްވައިފަ އެވެ.