ހާފިޒުންނަށް ދޭ އެލަވަންސް ދެ ގުނަ ބޮޑުކޮށްފި

ހާފިޒުންނަށް ދޭ އެލަވަންސް ދެ ގުނަ ބޮޑުކޮށްފި

ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދެމުންދާ އެލަވަންސް ބޮޑުކުރުމަށް ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އަންނަ މަހުން ފެށިގެން ކޮންމެ ހާފިޒަކަށް މިހާރު ދެމުން އަންނަ އެލަވަންސް ދެ ގުނަ ބޮޑުކޮށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހާފިޒުންނަށް ދެމުން އަންނަ އެލަވަންސް ބޮޑު ކުރުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ރޭ އޮތް ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަން އިއުލާނު ކުރައްވައި ރައީސް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ ސިޔާސަތަކީ ގުރުއާނާއި ދީނީ އިލްމު ފެތުރުމަށް އިސްކަންދިނުން ކަމަށެވެ. އެގޮތުން ދީނީ އިލްމު ފެތުރުމާއި ހާފިޒުން ތަމްރީނު ކުރުމަކީ ހޭދަކުރުން އިތުރުކޮށްގެން ކުރެވޭ މަސައްކަތަކަށް ހަދާނެ ކަމުގައި ފާހަގަކުރެއްވި އެވެ.

ހޭދަކުރުން އިތުރުކުރާނީ ވަސީލަތްތަކާއި ހަރަކާތްތައް އިތުރުކުރުމުގެ އިތުރަށް އެ މަސައްކަތުގައި ބައިވެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމާއި ހިތްވަރު ދިނުމާއި އުޖޫރަ ދިނުމުގައި ވެސް އިތުރުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *