ޓްރަމްޕް ރުޅިއައިސް ރަތް- އިޒްރޭލް މައިތިރި ކުރަން ޖެހިއްޖެ

ޓްރަމްޕް ރުޅިއައިސް ރަތް- އިޒްރޭލް މައިތިރި ކުރަން ޖެހިއްޖެ

އެމެރިކާގެ ރައީސް ޓްރަމްޕް އިޒްރޭލް ދެކެ ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ އެވެ.

ޓްރަމްޕް ރުޅިގަދަވީ ހަމަލާތައް ހުއްޓާލަން އެއްބަސްވުމަށް ފަހުވެސް އީރާނަށް ފަހު އެތިފަހަރު ކަމަށް ބަލައި ހަމަލާއެއް ދޭން އިޒްރޭލުން އުޅުމުންނެވެ.

ޓްރަމްޕް ބުނީ މިހާރު އިޒްރޭލް ހުއްޓުވާ ފައިވާ ކަމަށާއި، އިޒްރޭލް ދެކެ ވަރަށް ހިތްހަމަ ނުޖެހިއްޖެ ކަމަށެވެ. އިޒްރޭލުން ދެން އީރާނަށް ހަމަލާއެއް ނުދޭނެ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

އީރާނުން ބުނީ އިޒްރޭލުން ހަމަލާއެއް ނުދެންޏާ އީރާންވެސް ހިމޭނުން އޮންނާނެ ކަމަށާއި، ހަމަލާއެއް ދީފިއްޔާ ހިމޭނުން ނޯންނާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓުވައި ސުލްހަ ހޯދަން އެމެރިކާ މިހާބޮޑަށް ބޭނުންވީ ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ރޭ މިސައިލުން ހަމަލާ ދިން ފަހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *