‏ނަޝީދާއި ޑިމޮކްރެޓްސް މެމްބަރުން ގުޅުނު ޖަލްސާއާއި ގުޅިގެން މޫސަގެ ބޮޑެތި ފާޑުކިޔުންތަކެއް

‏ނަޝީދާއި ޑިމޮކްރެޓްސް މެމްބަރުން ގުޅުނު ޖަލްސާއާއި ގުޅިގެން މޫސަގެ ބޮޑެތި ފާޑުކިޔުންތަކެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ޑިމޮކްރެޓްސްގެ އިސް މެމްބަރުން އަލުން އެނބުރި އެމްޑީޕީއާ ގުޅުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއާއި ގުޅިގެން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ސޯޝަލް މީޑިޔާގައި ބޮޑެތި ފާޑުކިޔުން ތަކެއް ސޯޝަލްމީޑީޔާއަށް ބަންޑުން ކޮށްލައިފިއެވެ.

މޫސަ ވަނީ ރޭ އޮތް ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބަޔެއް ވަޒީރުންނާއި، ޕާޓީގެ އިސް ސަފުގެ ބޭފުޅުންނާއި، ނަޝީދު އެމްޑީޕީ ދޫކޮށްލުމަށްފަހު ޑިމޮކްރެޓްސްއަށް ވަޑައިގަތުމުން ނަޝީދަށް "ބެވި" މީހުންވެސް ރޭ އޮތް ޖަލްސާއަށް ދިޔުމުން ފާޑު ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ވެރިކަން ގޯސްވެގެން ކަމަށްބުނެ ޕާޓީ ދޫކޮށްދިޔަ މީހުން ރޭ އެނބުރި އެމްޑީޕީއަށް އައިސް ޖަލްސާ ބާއްވައި ހެދުމުން އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ.

"އިހައް ދުވަހު ރ ސޯލިހުގެ ސަރުކާރުގާ އެއްމެ ނުފޫޒުގަދަ އަދި ސޯލިހު އެއްމެ އިތުބާރު ކޮށްގެން ގެންގުޅުނު ހުރިހާ ވަޒީރުން ރޭގާ އެތިބީ ޑިމޮކްރެޓްސް އަންނާތީ މަރްހަބާ ކިޔާށެވެ." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އޭރު އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންނަށް "ހެސްކިޔާފަ ބަވާފަ" ޑިމޮކްރެޓްސްއަށް ދިޔަ މެމްބަރުންވެސް ރޭ ފެނުނީ ހެވިފައި ތިބިތަން ކަމަށެވެ.

"ސަރުކާރުގެ އޮފީހެއްގެ ސެކިއުރިޓީ އެއްގެ މަޤާމުވެސް ނުދިން ވަޒީރުންނަށް ހެސްކިޔާފަ ބަވާފަ ޑިމޮކްރެޓްސްއަށް ދިއަ ކުރީގެ  އެމްޑީޕީ ކުދިންވެސް ރޭގާ އެތިބީ ހަމަ އެސަރުކާރުގެ ވަޒީރުންނާއެކީ ތުންމައްޗަށް ދަތް އަރާވަރަށް ހެވި ފައެވެ." މޫސަ ވިދާޅުވިއެވެ.

މޫސަގެ ވާހަކައިގައި ރޭ އޮތް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެން އެކަމަށްވެސް ވަނީ ރައްދު ދެއްވާފައެވެ.

"އެވެރިން ސްޓޭޖައްއަރާ އިޤްތިސާދު ހަރުދަނާކޮށް ދަރަނި ފިލުވާ ވާހަކަ ބުނީމާ ކޮނޑުހުޅުން އަތްނެއްޓޭ ވަރަށް އަތް ޖަހައިގަތީ ހަމަ ކުރިން ބަވާހަޅޭލާ ހެދި މީހުނެވެ." މޫސަ ވިދާޅުވިއެވެ.

ސިޔާސީ ކަންކަން ފުރޮޅިގެންދާ ކަންކަމަށް ބަލައި މޫސަ ދެން ވިދާޅުވީ ޕީއެންސީ މެމްބަރުންނަށްވެސް ދޭން އޮތް ނަސޭހަތެއް އެބައޮތް ކަމަށެވެ.

ކަންމިހެން ހިގާތީ އަޅުގަނޑު އަބަދުވެސް ޕީއެންސީ ކުދިންގާތުވެސް މިބުނަނީ ރައީސް ޔާމީނަށްވެސް ނުބަވާ، ކަށިކޮއްޔަށް ވާހެން ނުފުއްޕާށެވެ، މާދަމާ ތި އެންމެން ރައީސް މުއިޒު ގާތަކު ނުތިބޭނެއެވެ. ވެރިކަމަކީ މައެއްބަފައެއް ދަރިއެއް ޤައުމެއް ޑިމޮކްރަސީ އެއް އޮންނަ އެއްޗެއް ނޫނެވެ." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ސިޔާސީ ކަންކަން ބަދަލުވަމުން ގޮސް ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބުގައި އެންމެ ވާދަވެރި ދެ ކެންޑިޑޭޓުންނަށް ވެގެންދާނީވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ރައީސް ޔާމީން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *