ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ އިސް މެމްބަރުންތަކެއް އަލުން އަނބުރައި އެމްޑީޕީއަށް ސޮއި ކުރުމަށް މިރޭ ބާއްވާ ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތަށް ބައްލަވާލެއްވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ހަވީރު ސަލްޓަންޕާކަށް ވަޑައިގެންފިއެވެ.
ޝާހިދު ސަލްޓަންޕާކަށް ވަޑައިގެން ޖަލްސާގެ ތައްޔާރީތައް ބައްލަވާލެއްވީ ފުވައްމުލަކު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ގިނައިރުތަކެއް ނުވެއެވެ.
ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް މިރޭ އެމްޑީޕީއަށް އަކުން ގުޅޭއިރު، ޕާޓީގެ ލީޑަރޝިޕުން ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.