ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސަކަށް ޝަމީލު

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސަކަށް ޝަމީލު

ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓްކުރާ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ނައިބު ރައީސަކާއި ދެ މެމްބަރުން އިންތިހާބުކޮށްފި އެވެ.

އެ މެމްބަރުން އިންތިހާބުކުރީ ހިނގަމުންދާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސާއި ހަތަރު މެމްބަރެއްގެ ދައުރު އަންނަ މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ އެވެ.

ބާ ކައުންސިލަށް މެމްބަރުން އިންތިހާބުކުރަން ފެންނަ ނުފެންނަ ވޯޓެއް ފުރަތަމަ ނެގީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އެގްޒެކެޓިވް ކޮމިޓީއަށް މެމްބަރުން އިންތިހާބުކުރަން އާންމުކުރި އިއުލާނާ ގުޅިގެން މަގާމަށް ޝަރުތު ހަމަވި ފަސް ކެންޑިޑޭޓުންނާ އެކު އިންތިހާބުގެ ދެ ވަނަ ބުރު އިއްޔެ ވަނީ ބާއްވާފަ އެވެ.

"ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި އިންތިހާބުގައި ވޯޓުލުމަށް 1،086 ވަކީލުން ރަޖިސްޓްރީކުރި އެވެ.

އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު އިބްރާހީމް ޝަމީލް ކާމިޔާބު ކުރެއްވީ މައާޝާ ލުތުފީ އާ ވާދަކުރައްވައިގެންނެވެ. މައާޝާއާށް 216 ވޯޓު ލިބިވަޑައިގެންނެވިއިރު، ޝަމީލަށް 291 ވޯޓު ލިބިވަޑައިގެންނެވި އެވެ.

އެ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެފައި ވަނީ އަބްދުﷲ ނާހީދު އާއި އަހްމަދު ޝާފިއު އެވެ. ނާހީދުއަށް 294 ވޯޓު އަދި ޝާފިއުއަށް 284 ވޯޓު ލިބިވަޑައިގަތެވެ.

ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހއްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކޮށް، ވަކީލުކަން ކުރުމުގެ ހުއްދަދީ އެ ފަރާތްތަކުގެ މަސައްކަތްތަކާ ބެހޭ ހުރިހާ ކަމެއް ރެގިއުލޭޓުކޮށް ބަލަހައްޓަނީ ބާ ކައުންސިލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *