އއ. ތޮއްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތުއްތު ކުއްޖަކު ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ 7:30 ހާއިރު އެ ހާދިސާ ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ތުއްތު ކުއްޖާގެ ގައިގައި ޖެހިގެން ކަމަށެވެ.
އެ ކުޑަކުއްޖާއަށް އިތުރުފަރުވާދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޓޯކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.