ރައީސް މުއިއްޒުގެ ސަރުކާރުން ނަޝީދު އެމްޑީޕީއާ ގުޅޭ ހަފްލާ ބާއްވާނެ ތަނެއް ހަމަޖައްސައި ނުދީފިނަމަ ހަފުލާ ބާއްވާނީ މުލިއާގެ ކަންމަތީގައި: ފައްޔާޒް

ރައީސް މުއިއްޒުގެ ސަރުކާރުން ނަޝީދު އެމްޑީޕީއާ ގުޅޭ ހަފްލާ ބާއްވާނެ ތަނެއް ހަމަޖައްސައި ނުދީފިނަމަ ހަފުލާ ބާއްވާނީ މުލިއާގެ ކަންމަތީގައި: ފައްޔާޒް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާ ދަންނަވަން ބާއްވާ ހަފުލާ ބާއްވާނެ ތަނެއް ނުލިބިއްޖެނަމަ އެ ހަފްލާ ބާއްވާނީ މުލިއާގެ ކަންމަތީގައި ކަމަށް ްއެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް އެކްސްގައި މިރޭ ވިދާޅުވީ ނަޝީދު އެމްޑީޕީއާ ގުޅޭ ހަފްލާއާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

އެހެންވެ އެ ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ ރައީސް ނަޝީދުއަށް މަރުހަބާ ދެންނެވުމަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެ ހަފްލާ ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

 

"ވީމާ މި ޖަލްސާތަކާއި ހަފްލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސަވައި ނުދެއްވާނަމަ، އެމް.ޱީ.ޕީ އަށް ތާއިދުކުރައްވާ އެންމެހާ ބޭފުޅުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މުލިއާގޭ ކަންމައްޗަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ" ފައްޔާޒް އެކްސްގައި ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން ވަނީ އެ ޕާޓީ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމެއް ރޭ ބާއްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ވަނީ ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *