ކުރީ ސަރުކާރުން ހެދި 4000 ފްލެޓް ހުރި ސަރަހައްދަށް ރައީސް ވަޑައިގެންފި

ކުރީ ސަރުކާރުން ހެދި 4000 ފްލެޓް ހުރި ސަރަހައްދަށް ރައީސް ވަޑައިގެންފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަދަންފެށި 4000 ފްލެޓް ހުރި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިއަދު ހަވީރު ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވީ ފްލެޓްތަކުގެ މަސައްކަތް މިވަގުތު ގޮސްފައިވާ ހިސާބު ބައްލަވާލައްވަން ކަމަށެވެ.

މި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީ ސަރުކާރުން އޮތީ ނެރެފަ އެވެ. ނަމަވެސް އެ ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަވާތީ މި ސަރުކާރުން ނިންމީ ލިސްޓު އަޅުން ބަލައި ފްލެޓް ލިބޭ މީހުން ކަނޑައަޅާށެވެ.

އެއަށްފަހު ދުވަސްތަކެއްވީ ފަހުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް ވަނީ ނެރެފަ އެވެ. އެކަމަކު އަދި ފައިނަލް ލިސްޓް ނެރެފައެއްނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *