އީރާން، އިޒްރޭލް ހަނގުރާމައިގެ ތެރެއަށް އެހެން ގައުމަކުން ނުވަނުމަށް އދ. އިން އެދިއްޖެ

އީރާން، އިޒްރޭލް ހަނގުރާމައިގެ ތެރެއަށް އެހެން ގައުމަކުން ނުވަނުމަށް އދ. އިން އެދިއްޖެ

އިޒްރޭލާއި އިރާނުގެ މެދުގައި މިހާރު ކުރިއަށްދާ ވަރުގަދަ ހަނގުރާމައިގެ ތެރެއަށް ދުނިޔޭގެ އެހެން ގައުމަކުން ނުވަނުމަށް އދ. އިން އެދިއްޖެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެދެނީ ހަނގުރާމަ ހުއްޓާލަން ކަމަށެވެ. އަދި އީރާނާއި އިޒްރޭލްގެ ހަނގުރާމަ އިތުރަށް ފުޅާވެގެންދިޔަ ނުދިމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގަތެވެ.

ގުޓަރޭޒްގެ ބަޔާނުގައި ބުނެފައި ވަނީ އިތުރު ގައުމަކުން މި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ، މުޅި ސަރަހައްދުގެ އަމާންކަމާއި ސުލްހަވެރިކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ގުޓަރޭޒްގެ މި ބަޔާން ބޮޑަށް ބެލެވެނީ އިރާން، އިޒްރޭލްގެ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަންނާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވުމުން ނެރުއްވި ބަޔާނެއް ކަމަށެވެ.

އެމެރިކާގެ ރައީސް ވިދާޅުވެފައި ވަނީ ތެހެރާނުން އާންމުން ހުސްކުރަން އެދޭ ކަމަށެވެ. އިޒްރޭލުންވެސް ވަނީ އެކުވެރިންގެ އެހީތެރިކަމަށް އެދިފައެވެ. ސަބަބަކީ ހަނގުރާމައިގައި އީރާންގެ ރައްދު ހަމަލާ އިޒްރޭލުން ހީކުރިވަރަށްވުރެ ވަރުގަދަވެފައި، އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މިހަގުރާމައަކީ ޓްރަންޕް ފެއްޓުވި ކަމެއް.ޢެމެރިކާ ދޭލިއުމެއްގަ އީރާނުން ސޮއިކޮށްދިނުމަށް ޕްރެސަރު ކުރުމަށް އިޒްރާއީލް ލައްވާ ހަމަލާ ދިނީ.ޢީޜަނުގެ ބާރު ވަޒަން ނުކޮށް އަމިއްލަ ޑިފެންސާއި ހަރތިޔަާރަށް ބޮޑާވެގެބްތިބެ ހިންގި ނަތަހުޒީބު އަމަލެއް.ޥިސްނާނުލާ ހިންގި އަމަލުގެ ސަބަބުން އިޒްރާއީލް ސުންނާފަތި ވެއްޖެ.

Leave a Reply to އަބްދޫ Cancel reply

Your email address will not be published. Required fields are marked *