ޝާހިދު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ

ޝާހިދު މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މާދަމާގެ ވަގުތެއްގައި ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން މިރޭ ބުނީ މާދަމާ ޝާހިދު ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ތިބި އެމްޑީީޕީގެ އާންމު މެމްބަރުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީގެ ދާއިރާ ތަކުގެ އެމްޑީޕީގެ ޓީމުތަކާއި އެރަށުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީގެ އާންމު މެމްބަރުންނާ ބައްދަލު ކުރައްވައި ޕާޓީގެ ހަރަކާތްތަކާބެހޭ ގޮތުން ޝާހިދު މަޝްވަރާ ކުރައްވާނެ ކަމަށްވެސް އެމްޑީޕީ އިން ބުންޏެވެ.

ފުވައްމުލަކަށް ޝާހިދު މާދަމާ ވަޑައިގަންނަވާއިރު، ދާދިފަހުން ޝާހިދު ވަނީ އައްޑޫ ސިޓީއަށްވެސް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައިވެސް އައްޑޫ ސިޓީގައި ތިބި އެމްޑީޕީގެ އިސް ހަރަކާތްތެރިންނާ ބައްދަލު ކުރައްވައި ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކުރުމާބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *